ޚަބަރު ސަރުކާރު

2022- 2023 ވަނަ އަހަރު ޕްރޮޖެކްޓްތަކެއް ފަށާފައި ހުރީ ފައިސާ ނެތި: ފިނޭންސް މިނިސްޓަރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

2022-2023 ވަނަ އަހަރު ނިމެންވެފައި ހުއްޓާ ބައިވަރު ޕްރޮޖެކްޓްތަކެއް ފަށާފައި ހުރީ ފައިސާ ނެތި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ އެއް ލައްކަ ރުފިޔާ ޖަހާފަ ޕްރޮޖެކްޓް ފަށަނީ 50 މިލިއަން ރުފިޔާ އިން ކަމަށެވެ.

" ދެން ސްޕޭސްއެއް ނުހުރޭ އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮއްސަ، މިސާލަކަށް އޭގަ ހުރި ވަރަށް ބޮޑު އަދަދެއް އެޑްވާންސް ޕޭމަންޓްއެއް ދީފަ މިހާރު މި އޮންނަނީ، ދެން ވާގޮތަކީ މި ޕްރޮޖެކްޓް ހިންގަންވެސް އެބަ ޖެހޭ"

ޒަމީރު ވިދާޅުވީ މިހެން ކަންތައްވީމަ އެހެން ޕްރޮޖެކްޓެއް ހިންގަން ބަޖެޓުގައި ޖާގަ ނުހުންނަ މައްސަލަ ދިމާވެފައި ހުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އުންމީދަކީ މިހާރު މި ކުރަމުންދާ މަސައްކަތުން، މި އަންނަ އަހަރުގެ ބަޖެޓު ނުކުންނައިރު އެކަން ކަން ހައްލުވެފައި ހުރުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ބަޖެޓުގެ މަސައްކަތް މިހާރު ކުރަމުން އެބަދޭ. ގާނޫނުގައި ކަނޑައެޅޭ ވަކި މުއްދަތުތަކެއް އެބަ ހުރޭ. އެހެންމަ އެ މުއްދަތުތަކުގެ ޑެޓްލައިންތައް މީޓް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސްޓާފުން، ފިނޭންސް މިނިސްޓްރީގެ ސްޓާފުންނާއި ރައީސް އޮފީހުގެ ކަމާ ބެހޭ ސްޓާފުންނާ އަދި މިނިސްޓްރީތަކުން މަސައްކަތް ކުރަމުން އެބަދޭ"

މި މަސައްކަތް ކުރަމުން ގެންދާ ކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ މިއަދުވެސް މިނިސްޓްރީތަކުން ރައީސް ބޭނުންވާ މައުލޫމާތުތައް ފޮނުވަމުން ދާކަމަށެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ ސަރުކާރު އައިއްސުރެން މަސައްކަތްތަކެއް ފެށުނީމަ، މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށެވެ. އެގޮތުން މިހާރު ހުރީ އެންމެ ފަހުގެ ނިންމުންތައް ކަމަށާއި، އެ ނިންމުންތައް ނިންމުމަށް ރައީސް ވަޒީރުންނަށް ގުޅުއްވައިގެން ކުރިއަށް އެބަ ގެންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!