Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ހައްޖު އުމްރާ ކޮންފަރެންސް މި މަހު 31 ގައި ބާއްވަނީ

ހައްޖު އުމްރާ ކޮންފަރެންސް މި މަހު 31 ގައި ބާއްވަނީ
ރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖު އުމްރާ ކޮންފަރެންސް މި މަހުގެ 31 ވަނަ ދުވަހުގައި ބާއްވަނީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސް ބޭއްވުމުގެ މަގްސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހައްޖާއި އުމްރާގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. މިއީ ހައްޖާ އުމްރާގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކޮންފަރެންސެއް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެ ކޮންފަރެންސްގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ކޮންފަރެންސް ބޭއްވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި އެކަމުގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގަލް ފޯމް މެދުވެރިކޮށް ބައިވެރިވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ. އެގޮތުން ވުޒާރާއިން ވަނީ އިލްމުވެރިންގެ މަހާސިންތާ, ޖަމިއްޔާ މަހާސިންތާ, އިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. ރާއްޖޭގައި ހައްޖާއި އުމްރާއަށް ދާ މީހުން ހައްޖު ކޯޕަރޭޝަންގެ ދަށުން ގެންދާއިރު، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް  މީހުންވެސް ގެންދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް