Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ބެލަރޫސްގެ އިދިކޮޅު ލީޑަރު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބެލަރޫސްގެ އިދިކޮޅު ލީޑަރު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މުޒާހަރާތަކެއް ކުރުމުން ބެލަރޫސްގެ އިދިކޮޅު ލީޑަރު ސަރްގެއި ޓިކަނޮވްސްކީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި ސަރްގެއި ޖަލަށް ލާން ހުކުމް ކުރީ ޑިސްޕިއުޓް ލީޑަރ އެލެކްޒެންޑަރ ލުކަޝެންކޯއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިކަމަށް ބުނެއެވެ. އެ ގޮތުން ސަރްގެއިގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ލުކަޝެންކޯއާ ދެކޮޅަށް މުޒާހަރާތައް ރާވައި، ދޮގު ވާހަކަތައް ވެސް ފެތުރި ކަމަށެވެ.

ސަރްގެއި ވަނީ 2020ވަނަ އަހަރު ރިޔާސީ އިންތިހާބުގައި، ލުކަޝެންކޯއާ ވާދަ ކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އޭގެ ކުރީން އޭނާ ހައްޔަރު ކުރުމުން  އޭނާގެ ބަދަލުގައި އެ އިންތިހާބުގައި ވާދަ ކުރީ އޭނަގެ އަންހެނުން ސްވެޓްލާނާ ޓިކަނޮވްސްކީއެވެ. އޭނާ ވަނީ އޯގަސްޓު މަހު އޮތް އެ އިންތިހާބުގައި ވާދަކޮށް ކާމިޔާބީ ވެސް ހޯދައިފައެވެ. ނަމަވެސް އޭނާއާއި އެ ދެމީހުންގެ ދަރިންގެ ރައްކާތެރިކަމަށް ވިސްނައި މަޖުބޫރު ވެގެން ސްވެޓްލާނާ ވަނީ އޭގެ އަނެއް ދުވަހު ބެލަރޫސް ދޫކޮށް އެގައުމު ދޫކޮށް ގޮސްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Advertisement
Ooredoo — Square (box)

ސަރްގައި ޖަލަށް ލާން މިއަދު ހުކުމް ކުރުމާ ގުޅިގެން ސްވެޓްލާނާ ވަނީ ކޯޓުތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، އޭނާގެ ފިރިމީހާއަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޒާތީގޮތުން ބަދަލު ހިފުމުގެ ގޮތުގައި ކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް