ޚަބަރު

ބިދޭސީންނާ ގުޅޭ ފީތަކުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކިއޫގައި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި -- ދެން އިމޭޖްސް

ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިއަދު ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވައިދުގެ ތެރެއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، އެކަމުގައި ކާމިޔާބުތަކެއް ހޯދިފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ދަޢުލަތަށް ލިބެންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިހާތަނަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ނުލިބި ވަނީ 703 މިލިއަން ރުފިޔާ. މިއީ 03 ޖޫން 2024 އިން ފެށިގެން މިހާތަނަށް ހޯދި ފައިސާގެ އަދަދު. މީގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތައް އަޅުގަނޑުމެން ވާނީ އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށް އެ މީހުންނަށް ޚިދުމަތް ދިނުންވެސް ހުއްޓާލާފަ.ފައިސާ ދެއްކުމާ ހަމައިން އަނެއްކާވެސް އެ ހިދުމަތް ލިބެން ފަށާނީ." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަަހަރުގެ ތެރޭގައި ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!