ޚަބަރު

އުފާ އަނެއްކާވެސް ދީނަށް ފުރައްސާރަ ކުރަނީ: " ރާއްޖޭގެ ގިނަ އަންހެން ކުދިން ދީނުގަ އޮންނަ ގޮތަށް އުޅެން ބޭނުން ނުވޭ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އިސްލާމްދީނަށް މީހުން އުޅުމަށް މަޖުބޫރު ކުރާ ކަމަށާއި މުސްލިމް އާއިލާއަކަށް އުފަންވީ ކަމުގައި ވިޔަސް އުޅެންވީ ދީން އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ބުނެ މީސްމީޑިޔާ މެދުވެރިކޮށް، އިސްލާމް ދީނަށް ފުރައްސާރަކުރި އުފާ މުހުތާރު ފަހުމީ އަނެއްކާވެސް ދީނަށް ފުރައްސާރަ ކޮށްފިއެވެ.

Ads by Sosun Fihaara

މީސް މީޑިއާ މެދުވެރިކޮށް އުފާ މި ފަހަރު އާންމުކުރި މި ވީޑިއޯގައި އުފާ ވަނީ އޭނާ އުމުރުން 14 އަހަރުން ފެށިގެން ވެސް އުޅެމުން އައީ އިސްލާމް ދީނަށް ނޫން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެހެން  މީހުންގެ ކުރިމަތީގައި ދީނަށް ހެދިގެން އުޅުނު ކަމަށާއި ނަމަވެސް ބުރުގާ ނާޅާ ހުންނާތީ އޭނާ އުޅެނީ ދީނަށް ނޫން ކަމުގައި ވަރަށް ގިނަ މީހުން ބުނާ ކަމަށެވެ. ބުރުގާ އަޅައިގެން އުޅޭ ކުދިންނަށް ވެސް އިސްލާމްދީނުގައި އޮންނަ ރަނގަޅު ގޮތަށް ނާޅާ ކަމަށް ބުނެ ފުރައްސާރަ ކުރާ ކަމުގައި އުފާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި އުޅެ ބޮޑުވާ އަންހެން ކުދިން މި ޒަމާނުގެ ސްޓައިލްތަކަށް ނުފެތޭ ކަމަށް ބުނެ އޭނާ ވަނީ އިސްލާމީ ހަމަތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެ ކުދިންނަށް އާދައިގެ ވަޒީފާތަކަށް ނުދެވޭ ކަމަށާއި މަހުރަމަކާ ނުލާ ބޭރަށް ނުދެވޭ ކަމަށާއި އަދި ރާއްޖޭގެ ގިނަ ކުދިން އުޅޭ ސްޓައިލަށް ނޫޅޭވޭ ކަމަށް ވެސް އުފާ ބުންޏެވެ. ރާއްޖެއިން ބޭރުގައި އުޅޭ އުފާ ބުނީ ރާއްޖޭގައި ރައްކާތެރިކަމެއް ނެތް ކަމަށެވެ.

ހަމައެއާއެކު އިސްލާމް ދީން ރާއްޖެއަށް ނުފެތޭ ކަމަށާއި ސައުދީ ތަންތަނަށް ބެލި ކަމުގައި ވިޔަސް އެމީހުން ދީނަށް އުޅެމުން އަންނާތީ އަންހެނުން އުޅެނީ ވަރަށް ހާލުގައި ކަމަށް ބުނެ އުފާ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރެއްގެ މަތިން އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ އުފާ އަށް އަދި މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް ކަމާބެހޭ ފަރާތަކުން އަޅާފައިނުވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އިސްލާމިކް މިނިސްޓްރީ އިން އުފާގެ މައްސަލަ ބަލަން ފެށުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ.

 

Ads by Ooredoo
  1. މުޙަންމަދު

    އުފާ ބޭނުންވަނީ ހަމައެކަނި މި ދުނިޔޭގެ އުފާ ކަމަށްވާނަމަ އެކަން الله ފުރިހަމައަށް ދެއްވާނެ. އެކަމަކު މަރުވުމަށްފަހު ދެން ވާނެ ގޮތަކާމެދު ފުންކޮށް ވިސްނާލުން އެދެން.

  2. ހިޔަލަ

    ތިޔަކަހަލަ ނަރަކައިގެ ދަރު އުޅޭނީ ތިހެން ކިޔޭ ނުކިޔޭ ނޭގޭނެ އުޅެވުނުގޮތާދޭތެރޭދެރަވެ ސަހަރޯއޭ ހިތަށްއަރާދުވަސް އަދި އަންނާނެ އެގިއްޖޭ😡

  3. މުޙަންމަދު

    މިޚަބަރު ގައިވެސް ތި އުފ ބުނި ވާހަކަތައް އިތުރަށް ނުލިޔުނުނަމ ދޯ.

  4. އުޚުތާ

    އޭނާ ބޭނުން ވަނީ މަގުބޫލުކަމާއި މަޝްހޫރުކަން އެ އެބަ ލިބޭދޯ ލިބޭދޯ ލި

  5. ސަންފަ

    އަންހެނުންނަށް ނިކަމެތި ކޮށް ކަންތައް ކުރާތީ. އެކަމަށް މަސައްކަތެއް ނުކޮށް ރައްކާވެގެން ގޮސް ތިހުރީ. އެހެންވީމަ އެކަމަކަށް ކަލޭ އަނގަ އަރުވާނެ ކަމެއް ނެތް. ރައްކާތެރި ތަނުން ގެއްލުމެއް ނުވޭތޯ އަހަރުމެން މިތިބީ ބަލަން.

  6. ޢޭނަޔަށް އެވަނީ ފިޔަވަޅު އެޅެފަ އެ މޮޔަގޮއްޔެ އެއް އެކަމާ ނުވަމާ

  7. ޢަލީ ވާފިރު

    މިކަހަލަ ވާހަކަތައް ޚަބަރަށް ހަދައިގެން ލިޔުމަކީ މި ސަރުކާރުނ ބޭނުނވާ ގޮތް.

  8. ައިބުރާހިމް

    ކީތްވެބާ މިމީހުން ދީނާދެކޮޅައް ފާޅުކުރާ ޝުއޫރައް ހައްގު
    އަދަބު ނުދެވިގެން މިއުޅެނީ މިގޮތައް ދޫކުރެވެމުންދާނަމަ ހަތްދުންނެއްޓި ހިގައިދާނެކަމުގެ ބިރުހީއެބަވޭ