Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަން ފޮރިން މިނިސްޓަރު ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަން ފޮރިން މިނިސްޓަރު ގޮވާލައްވައިފި

ވިލުނުވެރިކަން އިތުރުކޮށް, މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފި އެވެ.

ސަމޯއާގައި މިހާރ ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި، މިއަދު ބޭއްވި ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކޮށް, ވިލުނުވެރި މުޖުތަމައުތަކާއި, ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމާއި, ވިލުނުވެރި އިގުތިސާދުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވުނު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް މިނިސްޓަރު މިއަދު ގޮވާލެއްވި އެވެ.

Advertisement
Allied — Dhen Online (box)

އޭގެ އިތުރުން ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި, ޑިމޮކްރަޓިކް އުސޫލުތައް ނަގަހައްޓައި, ނާޒުކު ގައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް