ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ފިޔަވާ އެންމެން ދޫކޮށްލައިފި

ދެ ލޯންޗު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް މިހާރު ފަރުވާދެނީ ދެ މީހުންނަށް ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.
ގުޅީފަޅު ކައިރިން އެ އެކްސިޑެންޓް ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:34 ހާއިރެވެ.
ރޭ ފުލުހުން ބުނީ އެ ހާދިސާގައި 12 މީހަަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް މިއަދު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން 20 މީހަކަށް ފަރުވާދިން ކަމަށެވެ. އޭގެ ތެރެއިން ދެ މީހުންނަށްވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި އެކްސިޑެންޓް ވީ ދެ ލޯންޗަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.