Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް( މެޓް) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރިފައިވަނީ މިއަދު ހަވީރު 4:15 އިން ފެށިގެން މިރޭ 22:00 އަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހެނޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މެޓް އޮފީހުން ބުނީ ދެކުނުއަށް ފިޔަވާ އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 3-5 ފޫޓައް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭވުހުނީ ނ. މާފަރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އެއީ 55.7 މިލިމީޓަރަށް ކަމަށްވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް