Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ޔާމީނަށް އުފުލާފައިވާ ދައުވާތައް ރިވިއުކުރަން ޕީޖީގައި އެދެފި

ޔާމީނަށް އުފުލާފައިވާ ދައުވާތައް ރިވިއުކުރަން ޕީޖީގައި އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަތައް ރިވިއުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ދައުލަތުން ޖިނާއީ މައްސަލަތަކުގައި ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕީޖީ އޮފީހުން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއްދަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޔާމީންގެ މައްޗަށް ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ މައްސަލަތައް ހިމެނެ އެވެ.

Advertisement
Allied — Dhen Online (box)

މައްސަލަތައް ރިވިއުކޮށްދޭން އެދި ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޖުމްލަ 539 ޝަކުވާއެއް ޕީޖީ އޮފީހަށް ހުށަހެޅި އެވެ. އެކަމާ ގުޅޭގޮތުން އެ އޮފީހުން މިއަދު ބުނީ ހުށަހަޅާފައިވާ ޝަކުވާތަކާއި މުރާޖައާ ކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ.

ބަލަން ޖެހޭ ބެލުންތައް ބަލައި މުރާޖައާ ކުރުމަށްފަހު، ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކަށް ހިއްސާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވާ އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެކުރިން ޔާމީންގެ މައްޗަށް އިއްވި 11 އަަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް