ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް މީޑިއާ ޑިރެކްޓަރެއް ހޯދަނީ

ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް މީޑިއާ ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ހުންނެވި ހަސަން ޒިޔާއު އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެކަމާ ގުޅޭގޮތުން ޒިޔާއު ވިދާޅުވެފައި ވަނީ އޭނާ ވަކިކޮށްފައި ވަނީ ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން ކަމަށެވެ. އަދި އެ މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
މަޖިލިހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލިހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަނާ ހަވާލުވެ ހުންނަ ވެރިޔާގެ ހައިސިއްޔަތުން މަޖިލިހާއި މަޖިލިހުގެ އިދާރާގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާއާގުޅޭ އެންމެހާ މަސައްކަތްތަކާއި ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް އަމީން އާންމު ނުވަތަ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަ ވެރިއެއްގެ ލަފަ އާއި އިރުޝާދުގެ ދަށުން ރާވައި ހިންގުން ކަމަށެވެ. އޭގެ އިތުރުން ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކަކީ:
- ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި އެކި އިވެންޓްތައް ބްރޯޑްކާސްޓް ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި ހަބަރު ތައްޔާރު ކުރުމާއި ސޯޝަލް މީޑިއާ އަދި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމުގެ ކަންކަން ބެލެހެއްޓުން
- ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި އެކި އިވެންޓްތަކުގެ މައުލޫމާތާއި ހަބަރު، ދުވަހުން ދުވަހަށް މީޑިޔާއަށް ދިނުމުގެ މަސައްކަތް ކުރުން
- ނޫސްވެރިންނާ ބްރޯޑްކާސްޓަރުން އަދި ކެމެރާމަނުން ހަބަރާ ބެހޭ ކަންކަމުގައި މަޖިލިސްކުރާގެއަށް އައިސްގޮސްވުމުގެ ކަންތައްތައް ވިލަރެސްކޮށް ސްޕަވައިޒްކޮށް ބެލެހެއްޓުން
- ސެކްޝަން ތަރައްގީ ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ ހިންގުމާއި ސެކްޝަނުގެ މުވައްޒަފުންނަށް ތަމްރީނުދީ ގާބިލު ހުނަރުވެރި މުވައްޒަފުންނަށް ހެދުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް ރާވައި ބެލެހެއްޓުން






ކޮމެންޓް