Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފޭސް2ގެ ބަސްދަތުރު ކޮންމެ 15 މިނެޓަކުން!

ފޭސް2ގެ ބަސްދަތުރު ކޮންމެ 15 މިނެޓަކުން!

ހިޔާ ފްލެޓްތައް ހިމެނޭ ހުޅުމާޅޭ ފޭސް ދޭއް ސަރަހައްދަށް ކުރާ ބަސް ދަތުރުތަކުގެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ،

މިހާރު ހިޔާ ފްލެޓަށް ބަސް ދަތުރުތައް އޮންނަނީ، ކޮންމެ 30 މިނެޓަކުންނެވެ. މާލޭގައި ބަހުގެ ހިދުމަތް ދޭ އެމްޓީސީސީ ކުންފުނިން ވިދާޅުވީ، މާދަމާއިން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނެޓަކުން ބަހުގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. މިގޮތަށް ބަހުގެ ޚިދުމަތް ދޭ ގަޑިތައް އިތުރު ކުރީ، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޝަކުވާތައް އިތުރުވުމާ ގުޅިިގެންނެވެ.

ފޭސް ދޭއްގެ ފުރަތަމަ ބަސް ސްޓޮޕުން ދަތުރުތައް ފަށާނީ ފަތިހު 5:45 ގައެވެ. އަދި އެންމެ ފަހު ބަސް އޮންނާނީ ދަންވަރު 12:15 ގައެވެ. ހުކުރު ދުވަހު މެންދުރާ ހަމައަށް ބަސްތައް އޮންނާނީ 30 މިނެޓުން ކަމަށާއި މެންދުރު ފަހު 15 މިނެޓުން ބަސްތައް އޮންނާނެ ކަމަށް ވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ހިޔާ ފްލެޓް ސަރަހައްދަށް ބަހުގެ ޚިދުމަތް ދޭން ފެށީ އޮކްޓޯބަރު މަހު އެއްވަނަ ދުވަހުއެވެ. މީހުން ދިރިއުޅެން ފެށިތާ މަހެއްވިއިރު، ބަހުގެ ޚިދުމަތް ނުދެވި އޮތުމަށް ފަހު، އެ ތަނަށް ބަހުގެ ހިދުމަތް ފެށީ ވެސް އަންހެނަކު އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ސްކޫލަށް ފޮނުވަން ބަސް ސްޓޮޕަށް ދާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް