ޚަބަރު

24 ފަޅުވެރިންނާއެކު މަސްދޯންޏެއް ކަރަންޓީން ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ.މަޑަވެލީ ބަނދަރުގައި އެ ރަށު މަސްދޯންޏެއް ކަރަންޓީނުކޮށްފިއެވެ. ރަށު ބަނދަރުގައި ކަރަންޓީނު ކޮށްފައި ވަނީ އެރަށު ސީ ވޯލްޑް ނަމަކަށް ކިޔާ ދޯންޏެކެވެ.

Ads by Sosun Fihaara

ދޯނި ކަރަންޓީނު ކޮށްފައިވަނީ 24 ފަޅުވެރިންނާއެކުއެވެ.

މަޑަވެލީ ކައުންސިލުގެ ރައީސް އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދޯންޏަކީ ހުޅުމާލެއިން އައި ދޯންޏެކެވެ.

މި ދޯނި ކަރަންޓީނު ކޮށްފައިވަނީ ދޯނީގެ ފަޅުވެރިން ހުޅުމާލެއަށް އަރާ ފައިބާ އަދި ދޯންޏަށް ހުޅުމާލެ ނުވަތަ މާލެ މީހަކު އަރާފައިވާކަމުގެ ޔަޤީންކަން ދޯނީގެ ކެޕްޓަންއަށް ނުދެވުމުންނެވެ.

މި ދޯނި ކަރަންޓީނު ކޮށްފައިވާއިރު، މަޑަވެއްޔާއި ކޯޒްވޭ އަކުން ގުޅިފައިވާ ހޯޑެއްދޫ އިން ގިނަ ބަޔަކު ފައްސިވުމާ ގުޅިގެން މަޑަވެލި އޮތީ މޮނިޓަރިން ހާލަތުގައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!