މުނިފޫހިފިލުވުން

ދީޕިކާ އޭނާގެ ފޯނުން އެންމެ ކުރާ ހިތްވަނީ ކޮން ކަމެއް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑު ތަރިންގެ ތެރެއިން ދީޕިކާ ޕަދޫކޯން އަކީ އެ ތަރިއެއްގެ ޖާދޫގައި ގިނަ ބަޔަކު ޖެއްސި ތަރިއެކެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހޯދި މަގުބޫލު ކަމާއެކު ދީޕިކާ އަދިވެސް އަންނަނީ ބޮލީވުޑުގެ އެންމެ މަގުބޫލު ތަރިންގެ ލިސްޓުގައި ފައި ވިއްދަމުންނެވެ.

Ads by STELCO

ކުދި ކުދި ކަންކަމުން އުފާ ހޯދުމަށް ލޯބިކުރާ ދީޕިކާ މިވަނީ އޭނާގެ ފޯނުން އެންމެ ކުރާ ހިތްވާ ކަންތައް ފޭނުންނާ ހިއްސާކޮށްފައެވެ.

އެގޮތުން އިންޓަވިއުއެއްގައި ފޯނުން އެންމެ ކުރާ ހިތްވަނީ ކޮން ކަމެއްތޯ އެހުމުން ދީޕިކާ ބުނެފައިވަނީ އެންމެ ކުރާ ހިތްވާ ކަމަކީ ގުރޫޕު ސެލްޕީތައް ނެގުން ކަމަށެވެ. އަދި އެއީ އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށްދީ ގުޅުން ވަރުގަދަކޮށްދޭ ކަމެއްގެ ގޮތުގައި ދީޕިކާ ވަނީ އެކަން ސިފަކޮށްފައެވެ.

"އަހަންނަކީ އެއް އިރަކު ވެސް އަހަރެންގެ އަމިއްލަ ސެލްޕީ އެހާ ނަގާ ހިތްވާ މީހެއް ނޫން. ނަމަވެސް ގުރޫޕު ސެލްފީ ނެގުމަކީ އަހަންނަށް އެންމެ މުހިންމު އެއް ކަންތައް. އަމިއްލަ ސެލްޕީތަކަށް ވުރެ ގުރޫޕު ސެލްފީތައް މާ ކަމުދޭ" ދީޕިކާ ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ދީޕިކާ ވަނީ ފަހުން އެ ފޮޓޯތަކަށް ބަލާލުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު ކަމަށް ފާހަގަކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!