Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓާއި ވޭޕްއިން ޑިއުޓީ ބޮޑުކުރާ ބިލަށް އެމްޑީޕީއިން ދެކޮޅު, ބިލު ފާސްކޮށްފި 

ސިނގިރޭޓާއި ވޭޕްއިން ޑިއުޓީ ބޮޑުކުރާ ބިލަށް އެމްޑީޕީއިން ދެކޮޅު, ބިލު ފާސްކޮށްފި 

ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އެމްޑީޕީއިން ދެކޮޅު ވިޔަސް ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއިރު, އެއީ އެމްޑީޕީ މެންބަރުންނެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.

Advertisement
Allied Insurance — Square (box)

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާއިރު މި ޑިއުޓީ ނަގަނީ އޭގެ ކުރިން އެތެރެކުރާ ތަކެތިންނެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ ކަމަށާއި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު މިއަދު ފާސްކޮށްފައިވަނީ  އިގްތިސޯދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާކުރުމަށްފަހު އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް