Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވައިފި

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވައިފި

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަށް އަރުވައިފި އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ އިއްޒަތް އޭނާއަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި އެ އިއްޒަތް ޖަލީލަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އޭނާ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތްތަކާ ގުޅިގެން ނެވެ.

Advertisement
Allied Insurance — Square (box)

އަދި ހާއްސަކޮށް 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި މޫސާ އަލީ ކުރެއްވި މަސައްކަތާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަލީލު މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ޑިފެންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް