ޚަބަރު

މަނަދޫން ފައްސިވީ މާފަރު ކައުންސިލްގެ ކުރީގެ ރައީސް، ކަރަންޓީނުގައި ރަށުން ބޭރަށް ވެސް ދިޔަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނ. މަނަދޫ އިން ކޮވިޑް-19 އަށް ފައްސިވީ ނ. މާފަރުގެ ކައުންސިލުގެ ކުރީގެ ރައީސް އަދި އެމްޑީޕީ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ މުޙައްމަދު އާމިރު ކަމަށާއި ކަރަންޓީނުގެ މުއްދަތުގައި އޭނާ ރަށުން ބޭރަށް ދިޔަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by MWSC

ނަންހާމަ ނުކުރުމަށް އެދި މާފަރުގެ ބައެއް މީހުން "ދެން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެރަށުގެ ކައުންސިލުގެ ކުރީގެ ރައީސް،ޑިންގީ އެއްގައި މާފަރަށް ދިޔަ ކަމަށާއި އެރަށުގެ ބައެއް ފަރާތްތަކާއި ބައްދަލު ވެސް ކުރެއްވި ކަމަށެވެ.

ނަމަވެސް މިކަމާއި ބެހޭގޮތުން މާފަރު ކައުންސިލުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޑިންގީ އެއްގައި އެރަށަށް ދިޔަ ނަމަވެސް މާފަރަށް ނުފައިބާ ކަމަށެވެ.

"އޭނަ ނުއެެއް ފައިބާ. މިކޮޅަށް އައިސްފައި ލޯންޗަކާއި ގާތް ކޮށްލާފައި ހެދިކާ ކޮތަޅެއް ދިއްކޮށްލާފައި ދިޔައީ ފުރައިގެން" ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
މީގެއިތުރުން ކައުންސިލުން ވިދާޅުވީ އެ ކޭހާއި ގުޅިގެން މާފަރުގައި އެއްވެސް މީހަކު އެކަހެރި ވެސް ކޮށްފައި ނުވާ ކަމަށެވެ.

ކައުންސިލުން މިހެން ވިދާޅުވެފައިވީ ނަމަވެސް، އެރަށުގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ މާފަރަށް އާމިރު ފޭބި ކަމަށާއި އެހެންކަމުން އެރަށް މޮނީޓަރިންނަށް ލާން ފެންނަ ކަމަށެވެ.

Ads by Ooredoo
  1. ދެންދެންދެން

    ކަރޭ އަކީ ލާނެއް ސޮރެއް ހަމަ، އަބަދުވެސް. މާފަރު މީހުން މާ ގަޔާވާ ސޮރަކީތާ ދެން