Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސްޓެލްކޯގެ ޗެއަރމަން ރަޝީދު އަވަހާރަވެއްޖެ

ސްޓެލްކޯގެ ޗެއަރމަން ރަޝީދު އަވަހާރަވެއްޖެ

ސްޓެލްކޯގެ ބޯޑުގެ ޗެއަރމަން މުޙައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

ރަޝީދު ސްޓެލްކޯގެ ޗެއަރމަން ކަމަށް އައްޔަން ކުރެއްވީ 12 ފެބްރުއަރީ 2019ގައެވެ. ސްޓެލްކޯގެ ޚިދުމަތާ ރަޝީދު ފުރަތަމަ ގުޅިވަޑައިގަތީ އެޕްރެންޓިސްޝިޕަކަށެވެ. އެއީ 1971ވަނަ އަހަރުއެވެ. އޭގެ ފަހުން 50 އަހަރު އެ ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވެއެވެ.

50 އަހަރުގެ ޚިދުމަތުގައި އޭނާ ވަނީ އެ ކުންފުނީގައި ގިނަ މަޤާމުތަކެއް ފުުރުއްވައިފައެވެ. އޭގެ ތެރޭގައި، ކުންފުނީގެ ސީއީއޯކަމުގެ މަޤާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.

Advertisement
HDC — Sidebar (box)

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް