Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެ އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް އެންފޯސްމެންޓް ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ މަގާމަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ. އެއީ އަމީޒާގެ އިތުރުން މިހާރުވެސް އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ނަމެވެ.

Advertisement
Ooredoo — Square (box)

އެ މައްސަލަ އިގްތިސޯދީ ކޮމިޓީން ދިރާސްކޮށްފައިވާއިރު އެ ކޮމިޓީގެ މުގައްރިރު, ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާފަ އެވެ.

އެ ރިޕޯޓު ހުށަހަޅުއްވަމުން ފަޒާދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެ މަގާމަށް ވަރަށް ގާބިލު, އިލްމީ ތަޖުރިބާހުރި ބޭފުޅުން ކަމަށެވެ. އަދި ކޮމެޓީގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ އެކި އެކި ވުޒާރާތަކާއި މުވައްސަސާތަކުން އެ ދެ ބޭފުޅުންގެ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް ފަޒާދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ ގާނޫނާއި ގަވާއިދުގެ މަތިން އެ މަގާމަށް ޝަރުތު ފުރިހަމަވޭތޯ ބެލިއިރު އެ ދެ ބޭފުޅުންގެ މަގާމަށް ޝަރުތު ހަމަވާ ކަމަށާއި އެ ދެ ބޭފުޅުންނަށްވެސް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް