Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި 

ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި 
ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއް ގައި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގއ. ވިލިނގިލި 28 އަހަރުގެ ޒުވާނެކެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހާދިސާ ރިޕޯޓަށް ބަލާއިރު އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތާމެދު މާރާމާރީ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"އަނިޔާ ލިބުނު ފަރާތުގެ ތުންފަތް ފަޅައިގެންގޮސް, އިނގިލިތައް ރަތްވެ, ފައިގެ ފަލަމަސްގަނޑުން އެކި ތަންކޮޅު ނޫފައިގަނެ, ބުރަކަށި ރަތްވެފައިވާކަމަށް ބަޔާންކޮށްފައިވޭ"
ކުށް ކޮށްފައިވާ ހާލަތައް ރިއާޔަތްކޮށް, އެއީ ގެވެށި ގުޅުމަކުން ގުޅިފައިވާ ދެ މީހުންކަން އެނގޭއިރު އެ އަމަލުގައި އަނިޔާ ލިބުނު ފަރާތަށް އަނިޔާ ލިބި ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އަމުރުގައި ބުންޏެވެ. އޭނާގެ ބަންދާ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އެ އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމތިވެދާނެކަމަށްޓަކަ އެވެ. ހާދިސާ ރިޕޯޓާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ ހާދިސާ ހިނގި ތަނުގައި ލޭ ހުރި ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް