Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަނަކަށް ހުންނެވި އަހްމަދު ނާސިފް އައްޔަންކުރައްވައިފި އެވެ.

އާރްއޭސީއެލްގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަންކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އާރްއޭސީއެލްގެ ރަސްމީ "އެކްސް" އެކައުންޓުން މިދިޔަ ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޗެއާމަނަކަށް ހުންނަވާ ކުރެއްވި ހިދުމަތަށް ޝުކުރު އަދާކޮށް ޕޯސްޓެއް ކޮށްފަ އެވެ.

އެޗްޑީސީގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެ ކޯޕަރޭޝަނުގެ ޗެއާމަނަކަށް ނާސިފް އައްޔަންކުރެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔާފަ އެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/hdcmaldives/status/1854113482117136509

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނާސިފް ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން އޭނާ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް