Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 23 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 23 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން  ހުކުމްކުރީ ހ. ބްލޫބާޑްގެ، ހުސެއިން އަބްދުﷲ ގެ މައްޗަށެވެ.

ކޯޓުގެ ހުކުމްގެ ހުލާސާގައިވާ ގޮތުން މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ހުސެއިން ކުއްޔަށް ހިފައިގެން އުޅުނު ގ. ކޯޒީގެ ދެވަނަ ފަންގިފިލާއިން 75 ގްރާމަށްވުރެ ގިނަ ޑައިމޯފިން ފެނުނު ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި އޭގެ އިތުރުން ހަމަ އެ ގެއިން 283،500 ރުފިޔާ ފެނުނު ކަމަށާއި އެއީ ކިހިނެއް ހޯދި ފައިސާއެއްކަން ބުނެދެވިފައި ނުވުމާއެކު އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބޭ ފައިސާކަމަށް ވެސް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ކޯޓު ހުުކުމްގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ހުސެއިންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި 400،000 ރުފިޔާއިން ޖޫރިމަނާކޮށް އިއްޔެއިން ފެށިގެނ 12 ދުވަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފަ އެެވެ.

އަދި އޭގެ އިތުރުން 25 އަހަރަށް ޖަލަށް ލާންވެސް ވަނީ ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް ޖަލު ބަންދުގައި މިހާތަނަށް ހޭދަކުރި މުއްދަތަށް ބަލައި ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަަހަރާއި ދެ މަހާއި 25 ދުވަހެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް