Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓަނީ

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓަނީ

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފުތިތާހުކުރި އޭޓީއެމްއަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭޓީއެމް އެވެ. މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ މިއަދު ފެށި މަޝްރޫއުގެ އަމާޒެކެވެ.

Advertisement
HDC — Sidebar (box)

[caption id="attachment_250748" align="alignnone" width="690"]<img class="size-large wp-image-250748" src="https://cdn.dhen.mv/wp-content/uploads/2024/11/375839_526fc782-1_-1024x682.jpg" alt="" width="690" height="460" /> ބީއެމްއެލްގެ ފަރާތުން ރައީސްއަށް ހަނދާނީ ފިލައެއް އަރުވަނީ / ފޮޓޯ:ރައީސް އޮފީސް[/caption]

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ހުރިހާ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް