Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސްކޫލް ކުއްޖެއްގެ ދަަބަސް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

ސްކޫލް ކުއްޖެއްގެ ދަަބަސް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

ސްކޫލު ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ގްރޭޑް 9 ގައި ކިޔަވަމުންދާ ކުއްޖެއްގެ ދަބަސް ވަގަށް ނަގައިގެން އެ ކުއްޖާގެ ބައްޕަ، އަބްދުލް ހަމީދު ސޯޝަލް މީޑިއާާގައި އޮތީ އާންމުންގެ އެހީއަށް އެދިފަ އެވެ.

ހަމީދު ސޯޝަލް މީޑިއާގައި ބުނީ އެ ދަބަސް ވަގަށް ނެގީ ދަރިފުޅުގެ ޓެސްޓް ޕޭޕާ އާއި ހުރިހާ ފޮތްތަކާއިއެކު ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި ސީސީޓީވީ ފުޓޭޖް ބަލައިގެން ހަމީދު ވަނީ ވަގަށް ނެގި މީހާގެ ވަނަވަރާއި ފޮޓޯވެސް އާންމުކޮށްފަ އެވެ.

އޭގެ ފަހުން މިއަދު ފުލުހުންގެ ސާވިސް ޑިވަލޮޕްމަންޓްގެ ވެރިއާގެ މުހައްމަދު ޝިފާން އެކްސްގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަހުމަދު މާޖިދު (33އ) މިއަދު ކޯޓު އަމުރުއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ވަނީ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި." ޝިފާން އިތުރަށް ވިދާޅުވި އެވެ.

މާޖިދުއަކީ ފޭރުމާއި ރަހީނުކުރުމުގެ ވެސް ރެކޯޑް އޮންނަ މީހެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް