ޕިކަޕެއް ހުއްޓުވައި 48 ފުޅި ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި 48 ފުޅި ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނާއި ނޭޕާލަށް ނިސްބަތްވާ މީހެކެވެ.
- ބިކާރާ ކުމާރު، އިންޑިއާ (24އ)
- އަކިލޭޝް ކުމާރު، އިންޑިއާ (27އ)
- އުމާކަންތު ޗޯދަރީ، ނޭޕާލް (35އ)






ކޮމެންޓް