Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 05:03 ހާއިރު ސ. މަރަދޫ ލިންކް ރޯޑްގައި ހުންނަ "ޖަސްޓް ޓީ" ކެފޭ ކުރިމަތިންނެވެ. ހާދިސާ ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement
Ooredoo — Square (box)

"ދެން" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓާ ގުޅިގެން އެ ދެ މީހުންނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.

އެހެންނަމަވެސް އައްޑޫ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލްގެ ބަހެއް ލިބިފައި ނުވާތީ ލިބުނު އަނިޔާތަކުގެ ސީދާ ތަފުސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް