Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެ އެތެެރެކުރި ކޮންޓޭނަރަކުން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެެރެކުރި ކޮންޓޭނަރަކުން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެެރެކުރި ކޮންޓޭނަރަކުން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 3.280 ކިލޯ ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އަތުލައިގަތީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަަމެއް ފުލުހުން ނުބުނެ އެވެ. އަދި އެއީ ކޮން ކުންފުންޏަކުން އެތެރެކުރި ކޮންޓެއިނަރެއް ކަމަށް ވެސް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް