Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް ނިންމައިލައިފި

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް ނިންމައިލައިފި

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް(އެމްޕީއެލް)އިން ރާވައި އިންތިޒާމް ކުރި ޕޯޓް ސޭފްޓީ ވީކް ކާމިޔާބުކަމާ އެކު މިއަދު ނިންމައިލައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ 26 ޑިސެމްބަރުން ފެށިގެން 31ގެ ނިޔަލަށެވެ.

ޕޯޓް ސޭފްޓީ ވީކްއަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ބޭއްވި ސޭފްޓީ އެވެއާނެސް ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 43 މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

Advertisement
Allied Insurance — Square (box)

ޕޯޓް ސޭފްޓީ ވީކް ނިންމައިލުމުގެ ގޮތުން ދުވުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕޯޓް ސޭފްޓީ ރަންގެ ނަމުގައި އޮތް މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްއިން ފެށިގެންނެވެ. ގިނަ ބަޔަކު ބައިވެރިވި މި ހަރަކާތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ، މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދުވުމުގައި އަންހެން އަދި ފިރިހެން ކެޓަގަރީން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

ދުވުމުގެ މި ހަރަކާތުގައި ޖާރޒީ ވިއްކައިގެން ލިބުނު ފައިސާ ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާ އާކްއަށް ހަދިޔާ ކޮށްފައިވެއެވެ. ޖާރޒީ ވިއްކައިގެން ލިބުނު 23،700 ރުފިޔާ އާކާ ހަވާލު ކޮށްދެއްވައިފައި ވަނީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މުއިއްޒެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް