ކާރެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި

ކާރެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖުގައި ބުނީ ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް, ހިފަހައްޓާ, އަނިޔާކޮށް, ބިރު ދައްކާ އަދި އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިކަމަށް މިއަދު މެންދުރު ބުނެފައި ވެއެވެ، އެއީ ލެ ދަފްތަރު ނަންބަރު ރސ 9022, ތޮލާލު މޫސާ (37 އ) އެވެ.
އޭގެ ފަހުން މިރޭ ފުލުހުން ބުނީ އެ މައްސަލައިގައި ސީންއިން އިތުރު ހަތަރު ދިވެހި ފިރިހެނުން ވެސް ހައ ހައްޔަރުކުރި ކަމަށެވެ، އަދި އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހދ. ކުމުންދޫ/ރަތްބަގީޗާގޭ، ހުސާމް އިބްރާހިމް އާއި ހަމަ އެ ގޭ އާދަމް ޝަރީފް(36 އަހަރު) އާއި ، ގ. ކަޅަގާރިމާގެ ހުސެއިން ހައިކަލް ނިޔާޒު(23 އަހަރު) އަދި ހުޅުމާލެ ފްލެޓް ނަންބަރު 04-1-71, އަހުމަދު ރިޝްފާން (26 އަހަރު) އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އެންމެންގެ ބަންދަށް ހަތް ދުވަަސް ހުޅުމާލެ ކޯޓުން މިހާރު ވަނީ ޖަހައިވެސް ދީފަ އެވެ.