ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވާތީ ފާޑުކިއުން، އާޒިމް ވިދާޅުވީ ދެން އީދު މިސްކިތްވެސް ހުޅުވަފާނެ ކަމަށް
މި ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވަން ނިންމުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ދަރުމަވަންތަ އިމާރާތް ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މި ސަރުކާރަށް އެއްކަމެއްވެސް ނުވާ ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުކުގައި ވެސް ނުވާނެ ކަމަށެވެ.
އެގޮތުން މި ސަރުކާރަށް ގާބުރިއެއްވެސް ބާއްވާ ނުލެވިގެން އުޅޭއިރު ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާލި ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންކަމުން އެހެން މީހުން ކޮށްފައިވާ މަސައްކަތްތަކުގެ ކްރެޑިޓް ނަގައިގެން އުޅެން މި ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުުރީގެ ރައީސަކު ހަދާފައި އޮތް ހޮސްޕިޓަލެއް ހަދަން އެބަ އުޅޭ. އަޅުގަނޑަށް ހީވަނީ މިދާ ވަރުން ދަންޏާމު އެ ބޭފުޅުން އީދު މިސްކިތްވެސް ހުކުރު މިސްކިތްވެސް ޔަގީން ހުޅުވާ ނުދާނެކަން. އެއްކަމެއް ވެސް ނުވަނީ." މޭޔަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި ނިމިގެން ދިޔަ ސަރުކާރުގައި ދޭން ފެށީ އާރުޓީއެލްގެ ހިދުމަތް ވެސް މި ސަރުކާރަށް ރަނގަަޅަށް ކުރިއަށް ނުގެންދެވޭ ކަމަށް އާޒިމް މިރޭ ވިދާޅުވި އެވެ.
އެގޮތުން ކުރީ ސަރުކާރުގެ ވެރިކަން ދެމިއޮތް ނަމަ މި އަަހަރުގެ ޑިސެމްބަރަށް އާރުޓީއެލް އޮންނާނީ މުޅި ރާއްޖެއަށް ގުޅުވާލައިފައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ކަލޯ ދޮންކެޔޮ ކައިގެން އުޅުނު ފަސްއަހަރުގަ މިގައުމުގެ ކަންކަން އިސްލާޙޫ ކުރަން ކަލޭމެން ކުރި މަސައްކަތެއް ދައކަ ބަލަ ކޮރަޕްޓް އިންޖީނުގެތަކެއް އެޅިޔަކަސް ރައްޔިތުން އުޅުނީ ވ ދަތިކޮށް މިގައުމުގަ ކަލޭމެން ނޫން ބަޔަކު ވެރިކަން ކުރަންޏާ ކަލޭމެން ބޮޑާހާކާނެ ރޯނެ އެމް އެންޕީ އާއެކު ކުރިޔަށްދޭ