Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަހުސްކުރާނެ މެންބަރުން ނެތުމުން ޖަލްސާ ނިންމާލައިފި 

ބަހުސްކުރާނެ މެންބަރުން ނެތުމުން ޖަލްސާ ނިންމާލައިފި 
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ބައިވެރިވާނެ މެންބަރަކު ނެތުމުން ޖަލްސާ ނިންމާލައިފި އެވެ. މިއަދުގެ ޖަލްސާ ފައްޓަމުން މަޖީލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ބަޖެޓަށް ބަހުސްކުރުމަށް މެމްބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން މިއަދުގެ ޖަލްސާ މިރޭ 11 ޖެހުމާއި ހަމައަށް ދަންމާލުމަށް ނިންމާ, މެންބަރުންގެ ވޯޓަކަށް އައްސަވާފަ އެވެ. އެގޮތަށް ފާސްވެ ބަޖެޓު ބަހުސް ފެށިއިރު އެ ބަހުގައި ބައިވެރިވެވަޑައިގެންނެވީ 12 މެންބަރެކެވެ. އެއީ ސަރުކާރު ހިމެނޭ ޕީއެންސީގެ 9 މެންބަރަކާއި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރެއްގެ އިތުރުން އަމިއްލަ މެންބަރެކެވެ. މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ޖަލްސާ ނިންމަވާލެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ބަހުސް ނިންމާލުމުގެ ބަދަލުގައި މާދަމާ ބަހުސްއައިގެން ކުރިއަށް ދިއުމަށް ގަސްތުކުރައްވާ ކަމަށެވެ.
"މިހާ ހިސާބަށް އައިއިރު މިއަދުގެ ބަހުސްގައި އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާކަށް އެދިވަޑައިގެންފައެއް ނެތް."
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް