Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ފުލުހުން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައިފި

ފުލުހުން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައިފި
ދިވެހި ފުލުހުންގެ ހިދުމަތުން، މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައިފި އެވެ. އިއްޔެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި ރައްޔިތުންނާ ގުޅުން ބަދަހިކުރުމާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި ކުށްތަކުން ރައްކާތެރިކުރުވުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތުދިނުމުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މި ހަރަކާތުގެ ތެރެއިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާ އަދި ކުށްތައް ހިނގާ ސަރަހައްދުތައް ދެނެގަނެ، ކުށްމަދު ކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަކީ ވެސް ހަރަކާތް ކުރިއަަށް ގެންދިޔަ ބޭނުމެއް ކަމަށެވެ. [caption id="attachment_251976" align="alignnone" width="690"] ފުލުހުން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ:ފުލުހުން[/caption]
"މި ހަރަކާތުގައި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަޑުއަހާފައިވެ އެވެ. އަދި ފުލުހުންގެ މަސައްކަތްތަކާއި އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދާފައިވެ އެވެ،"
މުޅި ރާއްޖެ ހިމެނޭ ގޮތަށް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި އެހެނިހެން ރޭންކުތަކުގެ ފުލުހުންނާއި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކުތަކުގައި މަސައްކަތްކުރާ ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އެވެ. [caption id="attachment_251975" align="alignnone" width="690"] ފުލުހުން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ:ފުލުހުން[/caption] ފުލުހުން އިތުރަށް ބުނީ މި ހަރަކާތުގެ ސަބަބުން ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، ކުށްމަދުކުރުމަށް މަސައްކަތްކުރުމާއި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ. ދިވެހިރާއްޖެއަކީ ކުށްމަދު، އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ގާނޫނުތައް ނަގަހައްޓައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ގާނޫނުތައް ތަންފީޒު ކުރުމަކީ ފުލުހުންގެ މައިގަނޑު އެއް ވާޖިބު ކަމަށް ފުލުހުން ބުނެ އެވެ. ހަމަ މި އާއެކު ކުށުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައެއް ބިނާކުރުމަށް ކެނޑިނޭޅި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް