Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެފޭ އުސޫލުން ޑްރަގުގެ ހިދުމަތްދޭ 48 ތަނެއް ބަންދުކޮށްފި

ކެފޭ އުސޫލުން ޑްރަގުގެ ހިދުމަތްދޭ 48 ތަނެއް ބަންދުކޮށްފި

ކެފޭ އުސޫލުން މަސްތުވާތަކެތި ހިދުމަތްދޭ ގިނަ އަދަދަދެއްގެ ތަންތަން ބަންދުކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މާލޭގައި ކޭފޭގެ އުސޫލުން މަސްތުވަތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން 48 އެފަދަ ތަނެއް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

އަދި މަސްތުވާތަކެތީގެ މުއާމަލާތްތައް އާންމުކޮށް ހިނގާކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގައި ފުލުހުން ޑިއުޓީކުރަމުންދާ ކަމަށް ވެސް ނާހިދު ވިދާޅުވި އެވެ.

ހަމަ އެހެންމެ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ފަރާތްތަކާއި މަސްތުވާތަކެތި ބޭނުންކުރުމަށް ސަލާން ޖަހާ މީހުން އަދި ތަކުރާރުކޮށް ޖިނާއީ ކުށްކުރުމުގައި ހަރަހާތްތެރިވާ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާއަށް ވެއްދުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނާހިދު ވިދާޅުވި އެވެ.

"މިގޮތުން އެންޑީއޭއަށް ފަރުވާގެ ނިޒާމަށް ވެއްދުމަށް 49 ފަރާތެއް އަޅުގަނޑުމެން ހަވާލުކޮށްފައިވޭ." ނާހިދު ވިދާޅުވި އެވެ.

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާތާ ވަރަށް ޒަމާންވެއްޖެ އެވެ. އަދި އެފަދަ ޑްރަގް ކެފޭތައް ނިމިގެން ދިޔަ ސަރުކާރުތަކުގައި ވެސް ރެއިޑްކޮށްފައިވެ އެވެ.

އެހެން ނަމަވެސް އެ ކެފޭތައް ނުހުއްޓި އަދިވެސް ދަނީ ކުރިއަށް ގެންދަމުން ނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް