Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިމެޖެންސީ ކޯލް ސެންޓަރު 911 އިފްތިތާހުކޮށްފި

އިމެޖެންސީ ކޯލް ސެންޓަރު 911 އިފްތިތާހުކޮށްފި

ކުއްލި ހާލަތުގައި ގުޅަން އިމެޖެންސީ ކޯލް ސެންޓަރު 911 އިފްތިތާހުކޮށްފި އެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިރޭގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ހެޑް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު އަހުމަދު އަލީ ވިދާޅުވީ މީގެ ކުރިން ކުއްލި ހާލަތްތަކުގައި އެކި ކަންކަމުގައި ގުޅަމުންދިޔައީ އެކި ނަންބަރުތަކަށް ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެންކަމުގައި އެ ހިދުމަތް ދިނުމާއި ހިދުމަތް ލިބިގަތުމުގައި ތަފާތު އުނދަގޫތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް މިރޭ އެ ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރެއިން ފެށިގެން އަޅުގަނޑުމެން ކުއްލި ހާލަތުގެ ކަންކަމުގައި ބޭނުންކުރަމުން ދާނީ 911 ކަމަށްވުމާއެކު ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަން" މުހައްމަދު އަހުމަދު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިރޭ ފެށި ހިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށާއި އަދި އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީން ދޭނެ ކަމަށެވެ.

911 އަކީ އެހެނިހެން ގައުމުތަކުގައި ވެސް ކުއްލި ހާލަތުގައި ބޭނުންކުރާ ނަންބަރެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް