Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ސައުދީ އާއި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސައުދީ އާއި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާ އާއި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް، ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސް ވަނީ ފަލަސްތީނުގެ ހައްގުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އަޒަރުބައިޖާންގެ ވެރިރަށް، ބާކޫއަށެވެ. ކޮޕް29 ގައި ރައީސް ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލު ކުރުމަށް ވަކާލާތުކުރައްވައި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަގުވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

Advertisement
Ooredoo — Square (box)

ކޮޕް29ގެ ހަވާސާގައި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި މި މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަމާއި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް، މާލީ އަދި ފަންނީ އެހީ ބޭނުންވާ މިންވަރު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް