Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
މުނިފޫހިފިލުވުން

ދިވެހި ލިބާހުގެ ފަރިކަން މުޅި ދުނިޔެއަށް ދައްކައިލީ ޝައިނާ

ދިވެހި ލިބާހުގެ ފަރިކަން މުޅި ދުނިޔެއަށް ދައްކައިލީ ޝައިނާ

73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ވާދަކުރާ މަރިޔަމް ޝައިނާ ނަސީމް، ދިވެހިރާއްޖޭގެ ސަގާފީ ފޭރާން، ދިވެހި ލިބާސް މުޅި ދުނިޔެއަށް ދައްކާލައިފި އެވެ.

މިސް ޔުނިވާސް މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ މެކްސިކޯގަ އެވެ. މުބާރާތުގައި ރޭ އޮތީ ޕްރިލިމިނަރީ ރައުންޑުތަކެވެ. އޭގެ ތެރޭގައި ހުރިހާ ގައުމެއްގެ ސަގާފީ ހެދުންތައް ދައްކައިލުން އޮތެވެ.

ދިވެހިރާއްޖެއިން މިސް ޔުނިވާސްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. އުމުރުން 21 އަހަރުގެ ޝައިނާ، ރޭ ފެނިގެން ދިޔައީ ކަސަބު އެޅި ރަތް ލިބާހުގަ އެވެ. އިހުގެ ދިވެހިން ލިބާހާއިއެކު ކަރުގައި އަޅާ ފައްޓަރުބަޔާއި އަތުގައި އަޅާ އުޅާވެސް ޝައިނާ އަޅާފައި އޮތެވެ. ކަޅާއި ހުދުގެ ފޭއްޔާއިއެކު ޝައިނާ މުޅި ދުނިޔެއަށް ދައްކައިލީ ދިވެހި ލިބާހުގެ ފަރިކަމެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_252263" align="alignnone" width="667"]<img class="size-full wp-image-252263" src="https://cdn.dhen.mv/wp-content/uploads/2024/11/064-Shaina.jpg" alt="" width="667" height="672" /> ސަގާފީ ހެދުންތައް ދައްކައިލުމުގެ ރައުންޑުގައި ޝައިނާ ފެނުނީ އިހުގެ ސަގާފީ އަންނައުނުގައި[/caption]

ޕްރިލިމިނަރީ ރައުންޑުތަކަށްފަހު ދެން އޮންނާނީ އެންމެ މަތިން މާކްސް ލިބޭ 25 ކެނޑިޑޭޓުން ހޮވުމެވެ. މީގެ އިތުރުން ކޮންމެ ރީޖަންއަކުން އެންމެ މޮޅު ހަތަރު ކެނޑިޑޭޓުންވެސް ހޮވާނެ އެވެ.

އެންމެ މަތިން މާކްސް ލިބޭ ކެނޑިޑޭޓުންގެ އިތުރުން އާންމުންގެ ވޯޓުވެސް 25 ކެނޑިޑޭޓުން ހޮވުމުގައި ކައުންޓު ކުރާނެ އެވެ. ވޯޓުލުން މިހާރުވެސް ދަނީ ކުރިއަށެވެ.

ފައިނަލަށް ދާ 12 ބައިވެރިން މާދަމާ ހޮވާނެ އެވެ. މުބާރާތުގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ޝައިނާ މިސް ޔުނިވާސްގައި ބައިވެރިވީ "ހީ އެންޑް ޝީ މޯލްޑިވްސް" އިން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. އެ އޭޖެންސީން "ޓޮޕް މޮޑެލް މޯލްޑިވްސް" ގެ ނަމުގައި މުބާރާތެއް ބާއްވަމުން އަންނަތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. ޝައިނާ އަކީ 2022 ވަނަ އަހަރުގެ ޓޮޕް މޮޑެލް މޯލްޑިވްސް އެވެ.

މިދިޔަ އަހަރު ޝައިނާ ވަނީ "ވޯލްޑް ޓޮޕް މޮޑެލް" ގައިވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގެ ގަދަ 15 ގައި ޝައިނާ ހިމެނުނުއިރު "ނިއު ފޭސް" ގެ އެވޯޑުވެސް އޭނާ ކާމިޔާބު ކުރި އެވެ. މީގެ ކުރިން ބައެއް އެވޯޑުތައް ދިވެހި މޮޑެލުން މި މުބާރާތުގައި ހޯދި ނަމަވެސް ގަދަ 15 ގައި ރާއްޖެ ހިމަނައިދިން ފުރަތަމަ ކެނޑިޑޭޓަކީ ޝައިނާ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް