Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހައްޔަރު ކުރި މީހެއްގެ އަތުން 7 ސައިކަލު ތަޅުދަނޑި

ހައްޔަރު ކުރި މީހެއްގެ އަތުން 7 ސައިކަލު ތަޅުދަނޑި
ވައްކަމުގެ މައްސަލައެއް ގައި ހައްޔަރުކުރި މީހެއްގެ ޖީބުން 7 ސައިކަލު ތަޅުދަނޑި ފުލުހުން ހޯދައިފި އެވެ. އެ މައްސަލާ ގައި ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ, އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ވައްކަމުގެ ކޮން މައްސަލައެއްގައިކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ. އޭނާ ހައްޔަރުކޮށް, ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މީނާ ބަލާ ފާސްކުރިއިރު, މީނާ ލައިގެން ހުރި ފަޓްލޫންގެ ވާތް ފަރާތު ޖީބުން 7 ސައިކަލު ތަޅުދަނޑި ފެނިފައިވޭ"
ކޯޓު އަމުރުގައި ބުނެފައިވަނީ އެ ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފޮޓޯ އަދި ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް