Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޭބަލް ނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ކޭބަލް ނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގައި ކޭބަލް ނަރުތަކެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ގދ. އަތޮޅަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށް, ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ކޯޓު އަމުރުގައި ބުނެފައިވަނީ އެ ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓަށް ބަލާއިރު އެ މީހާ އެ ކުށް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާ ކޭބަލް ނަރުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލް ކައިރިން ކަމަށް މައްސަލައިގެ ބަޔާންދިނުމަށް އައި ފަރާތަކާ ހަވާލާދީ އައިއޯ ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ނަރުތަކަކީ ވަގަށް ނަގާފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ގޮނޑުން ހޮވައިގެން ގެންގުޅޭ އެއްޗެއް ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މީހާ ބުނެފައިވެ އެވެ.

ކޭބަލް ނަރު ވަގަށް ނެގުމުގެ މައްސަލަތަކަކީ މި ފަހުން އާންމުވަމުން އަންނަ ސީރިއަސް މައްސަލައެކެވެ.

ޓްރާންސްފޯމަރުތަކަށް ވަދެ ވައްކަމުގެ މައްސަލަތައް އިތުރުވެ, ސަރަހައްދުތަކުން ކަރަންޓް ކެނޑުން މީގެ ކުރިން ދިމާވެފައިވާއިރު މިދިޔަ މާޗް މަހުގެ ތެރޭގައި ޓްރާންސްފޯމަރުން ވައްކަންކުރަން ވަދެ އުޅުނު މީހަކު މަރުވެފައިވެ އެވެ.

އޭގެ އިތުރުން އެ ފަދަ މައްސަލައެއްގައި މިދިޔަ މަހު ވެސް މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހާ މިހާރުވެސް ހުރީ ބަންދުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް