ގަވާއިދާ ހިލާފަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ބޭރުގެ ބޯޓެއް ޑްރޯނުން ލޮކޭޓްކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު ހޯދާފައިވަނީ އެއާ ކާގޯ ޑްރޯން އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ އެ ބޯޓު ލޮކޭޓްވެފައިވަނީ ޑްރޯން އަށެވެ.
https://twitter.com/MNDF_Official/status/1857784089476243874
އެމްއެންޑީއެފުން ބުނީ އެ ބޯޓް އިންޓަސެޕްޓް ކުރުމަށްފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ބޭނުން ކުރަން ފެށީ މިއަހަރު މާޗް މަހު އެވެ.







ކޮމެންޓް