Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިފްސާގެ އަހަރީ ކޮންފަރެންސް މި މަހު 25 ގައި

އިފްސާގެ އަހަރީ ކޮންފަރެންސް މި މަހު 25 ގައި

އިސްލާމިކް ފައިނޭސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ)ގެ އަހަރީ ކޮންފަރަންސް މިމަހުގެ 25 ގައި ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ވޭތުވެދިޔަ 7 އަހަރެކޭ އެއްފަދައިން، އެ ކޮންފަރަންސްގެ ސްޓްރެޓީޖިކް ޕާޓްނަރަކީ މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަނަސް އިންސްޓިޓިއުޓް (އެމްސީޑީޖީއައި) އެވެ.

އެމްސީޑީޖީއައި އިން މައުލޫމާތުދެއްވި ގޮތުގައި، ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓް ޔޫޓީއޯ އާއި އެމްސީޑީޖީއައި ގުޅިގެން އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ސްރީލަންކާގެ ޝަންގްރިއްލާ ހޮޓަލްގަ އެވެ.

Advertisement
HDC — Sidebar (box)

އެ ކޮންފަރެންސްގެ ޗެއާޕާސަން އަކީ ޕްރޮފެސާ ޑރ އައިޝަތު މުނީޒާ އެވެ. އަދި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނަކީ ކުރީގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގެވެ.

ސާކްގެ ގިނަ ގައުމުތަކުން ބައިވެރިވާ އެ ކޮންފަރަންސްގައި، އިސްލާމިކް ފައިނޭސްގެ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުން ބައިވެރިވެ، އިސްލާމިކް ފައިނޭސްއާއި ގުޅުން ހުރި މައުލޫތަކަށް ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރަންސްގެ އިތުރު މައުލޫމާތު <a class="text-entity-link" dir="auto" href="https://web.telegram.org/a/%DE%80%DE%AF%DE%8B%DE%AA%DE%89%DE%A6%DE%81%DE%[email protected]" data-entity-type="MessageEntityUrl"> <u>[email protected]</u></a> ނުވަތަ 7976620 އަށް ގުޅަން އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް