މުލިއާގެ ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ހަދަނީ
ލިލީމަގުގައި ހުންނަ، މުލިޔާގެ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމެވުން ރައީސް އިއްޔެ ނިންމެވީ މުލިއާގެ ގަރާޖު ހުންނަ އިމާރާތާއި ގޯއްޗަކީ މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށްޓަކައި ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުށެހެޅުއްވުމާ ގުޅިގެން ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އެ ތަން "ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެއެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ ކަމަށެވެ.
މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދެކެވެ.
އެހެންވެ ރައީސް މުއިއްޒު ނިންމަވާފައިވަނީ ޒުވާނުންގެ މަރުކަޒު ތަރައްގީކުރާ އިރު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު ކަމަށް ރައީސް އޮފީހުން ބުނެފައި ވެެއެވެ.
ޒުވާނުންނަށް ހާއްސަ "ތާޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ.
އެގޮތުން އެތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގަނޑުވަރު ޒުވާނުންގެ މަރުކަޒަކަށް ހެދުމަކީ ބުއްދިވެރިކަމެއް ނޫން! އަދި ރައީސުލްޖުމްހޫރިއްޔާ ގެ ސެކިއުރިޓީ ބެލެހެއްޓުން ދަތިކަމަކަށް ވެގެންދާނެ މިއަދު ޤައުމުގެ ޙާލަތު އޮތްގޮތުން. އަދި މާލޭގައި އެބަހުރި ޒުވާނުންގެ އެކި ޙަރަކާތްތަކާ ޒުވާނުންގެ ގިނަގުނަ ކަންތައްތައް ކުރިއެރުވުމަށް ތައްޔާރު ކުރެވިދާނެ ހޭޅި ފަށަކަށް ނުވިއަސް ހަނަފަސް ތަންތަން. މޭރީބްރައުން ކުރިމަތީވެސް ފެންނަނީ، ޢަރޓިފިޝަލް ބީޗް ސަރަހައްދުގައި ކޮކޯހަޓުގެ ފުރަގަހުންވެސް ހަމަ ބޮޑު ތަނެއް އޮތްއިރު އެންމެ ރަގަޅު ކަމެއްނޫން. މިއަދު ރާއްޖެ ދެކެމުންދާ އަދި ލޯމަތީހިނގާ ސިޔާސީ މަސްރަޙުގައި ހުރި ގޮންޖެހުންތަކުގައި ސިޔާސަތު ތެރޭ އިތުބާރު ނުކުރެވޭ ކިތައްމެ ކަންތަކެއް އެބަހުރި. ފައިސާއަށް ގަނެ ނުލާ އެންމެ އިންސްޓިޓިއުޝަނެއް ނެތްކަން ފާހަގަވޭ!