Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 
ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. އަތޮޅަށް ނިސްބަތްވާ އުމުުރުން 45 އަހަރުގެ ފިރިހެނެކެވެ. ހައްޔަރުކޮށް, އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި ކުރު މުއްދަތެއް ދީފައިވަނީ ދައުލަތުގެ ވަކީލެއް އައްޔަންކޮށްދިނުމަށް އެދިފައިވާތީކަން އަމުރުން އެނގެ އެވެ. އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް އަރާކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
"މި މައްސަލައަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މައްސަލައެއްކަމާއި މީނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ބުލެޓްތަކެއް ފުލުހުން ހޯދާފައިވޭ،"
ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް