އަންނަ އަހަރުން ފެށިގެން މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުގެ އަތުން އިތުރު ފީއެއް ނެގުމަށް ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނި މެނޭޖްކޮށް އާމްދަނީ އިތުރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސިޔާސަތުތަކެއް ވަނީ ހިމަނާފަ އެވެ.
އޭގެ ތެރޭގައި ހިމެނޭ އެއް ކަަމަކީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން މަޝްރޫއުތައް ހިންގުމަށް ނަގާ ވެލިން ޑްރެޖިން ފީއެއް ތައާރަފު ކުރުމެވެ. އެގޮތުން ނަގާ ވެލީގެ ކޮޑިމީޓަރަކަށް 2 އެމެރިކާ ޑޮލަރުގެ ރޭޓުން ޑްރެޖިން ފީއެއް ނެގުމަށް ވަނީ ނިންމާފަ އެވެ. ސަރުކާރުގެ މަޝްރޫއުތަކަށް ހިންގާ ބިން ހިއްކުމުގެ ހަރަކާތްތަކުން މި ފީއެއް ނުނަގާނެ އެވެ. ފީ ނެގުމަށް ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ފީއިން އަންނަ އަހަރު 262.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ސިޔާސަތުގެ އިތުރުން ރާއްޖޭގައި ފްރިކުއަންސީ ސްޕެކްޓްރަމް ހަރުދަނާ ކަމާ އެކު ބަލަހައްޓައި، ގައުމަށް އެކަމުގެ އެންމެ ފުރިހަމަ މަންފާ ލިބޭކަން ކަށަވަރު ކުރުމަށް ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ފެށުމަށް ވަނީ ރާވާފަ އެވެ. ޓެލެކޮމް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސްޕެކްޓްރަމްއިން މި ފީ ނަގަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. އެކަމުން އިތުރު 112.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ސްޕެކްޓްރަމް ފީގެ އިތުރުން ފްރިކުއަންސީ ދޫކުރުމުގެ އުސޫލުތައް އިސްލާހުކޮށް ފްރިކުއަންސީ ފުރަތަމަ ގަންނައިރު އެއަށް އަގެއް ނުވަތަ އެކުއިޒިޝަން ފީއެއް ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. އެކުއިޒިޝަން ފީއަކީ ގަވާއިދުން ބަޖެޓަށް ލިބޭނެ އާމްދަނީއަކަށް ނުވާތީ ބަޖެޓުގައި އާމްދަނީގެ އަންދާޒާތަކުގައި ހިމަނާފައެއް ނުވެ އެވެ.
އަންނަ އަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ޓެކުހުގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބޭނެ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޓެކްސް ނޫން އާމްދަނީން 7.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އާމްދަނީ އިތުރުކުރަން ޓީޖީއެސްޓީ އާއީ ގްރީން ޓެކްސް އާއީ އެއާޕޯޓު ޓެކްސް އާއި ފީގެ ރޭޓުތައް މަތިކުރުމަށާ އަދި ސިނގިރޭޓުންނާއި ބިނޑިން ނަގާ އިމްޕޯޓު ޑިއުޓީ ރޭޓުތައް މަތިކުރުމަށް ނިންމައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހުތައް ގެނައުމުގެ ބިލުތައް ވަނީ ތަސްދީގުކޮށްފަ އެވެ.
ރައްޔިތުން ފެލާލެވޭނެ ހުރިހާގޮތެއް ރާވާތި