މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތަކަށް ޕާޓީ ބަދަލުކުރުން ގާނޫނު އަސާސީގައި ލިޔަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ގާނޫނު އަސާސީގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެރިކަން ކުރާ ޕީއެންސީން ނިންމައިފި އެވެ،
ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ވެސް ގޮނޑި ގެއްލޭގޮތަށް ބިލެއް ފާސްކުރި އެވެ. އަދި އެ ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުވެސް ކުރެއްވި އެވެ.
އެހެން ނަމަވެސް ތަސްދީގުކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ބާގަނޑުތަކެއް ހުރިކަމަށް ގާުނޫނީ ވަކީލުން ބުނެފައި ވެއެވެ. އަދި އެންޓި ޑިފެކްޝަންގައި ހިމެނޭ މާއްދާތައް ގާނޫނު އަސާސީއާ ތައާރަޒުވާކަމަށް ވެސް ބުނެފައިވެ އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިހާރު އޮންނަ މާއްދާތައް އުވާލަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ވެސް މިހާރު އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެހެންވެ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތަށް ގާނޫނު އަސާސީގައި ވެސް ގޮނޑި ގެއްލޭ ހާލަތުތައް ބަޔާންކޮށް ޕީއެންސީން ބިލެއް ހުށަހަޅަން ވަނީ ތައްޔާރުވެފަ އެވެ. އަދި އެ ބިލު ހުށަހަޅަން ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުންވެސް މިހާރު ވަނީ ފާސްވެސްކޮށްފަ އެވެ.
އެ ބިލުގައި މެމްމަރުން މަގާމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި ހަތަރު ހާލަަތަކާ ގުޅިގެން ނެވެ.
އެގޮތުން އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމާއި، އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން، އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ޕާޓީން ވަކިކޮށްފިނަ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެ އެވެ.