ޚަބަރު

ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި: ފައްޔާޒް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު: ތުހުމަތުކޮށް ދައްކާ ވާހަކަތައް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައި / ފޮޓޯ:ދެން އިމޭޖްސް

ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާާޅުވެއްޖެ އެވެ.

Ads by MWSC

ދާދި ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ 2028 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީގެ 5 ވަރަކަށް ކެނޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިރޭ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ގިނަ ބޭފުުޅުން އެމްޑީޕީގެ ތެރެއިން ވެރިކަމަށް ވާދަކުރައްވަން ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.

އަދި އެމްޑީޕީއަކީ ވަރަަށް ގާބިލު ބޭފުޅުން ތިބި ޕާޓިއަކަށްވާތީ ވެރިކަންކުރެވޭނެ ރަނގަޅު ބޭފުޅުން އެމްޑީޕީގައި އެބަތިބި ކަމަށެވެ.

އަދި 2028 ވަނަ ވަނަ އަހަރާ ހިސާބަށްދާއިރު ރަނގަޅު ޗޮއިސްތަކެއް ނެރޭވެނެ ކަމަށް ގަބޫލުުރައްވާ ކަމަށް ވެސް ފައްުޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމުގެ ޝައުުގުވެރިކަން އޭނާގެ ވެސް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ 2028 ގައި އެކަން ކުރަން ނިންމައިގެން ހުރުން ނޫން ކަމަށެވެ. އަދި 2028 އަށް ކުރިމަތިލުމަށް އަދި ނުނިންމަވާ ކަމަށެވެ.

"އަޅުގަނޑު މިވަގުތު ބަލަމުން މިދަނީ އެންމެ މުހިންމު ކަމަކަށް މިހާރު މިއޮތް ސަރުކާރު ބަލި ކުރެވޭނެ ގޮތެއް 2028 އާ ހިސާބުން ވެސް އަދި އޭގެ ކުރިން ވިޔަސް ގާނޫނީ އިމުގެ ތެރެއިން ވެއްޖެއްޔާ ބަލި ކުރެވޭނެ ގޮތެއް ނުހޯދައިފި ކަމަށްވަންޏާމުން އަޅުގަނޑުމެންނަށް ރައްޔިތުންގެ މިނިވަންކަމާ އެއްކޮށްނެއް ދިވެހިރާއްޖެ ކުރިއަށްދާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީގެ ލީޑަރުކަމުގައ ހުންނަވައިގެން މި ވަގުތު އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ 2028 ވަނަ އަހަރު އެމްޑީޕީިއަށް ވެރިކަން ލިބޭނެ މިސްރާބަށް ދިއުމަށް ކަންކަން ކުރުން ކަމަށެވެ.

Ads by HDC
  1. އިއްބެ

    ޗެއަރޕާސަނަކަށްހުރިއިރު އެޕޮއިންޓުމެންޓުހައްދައިގެން ފައިނޕުޅުނުފެނުނުމީހަކަށް ވެރިކަންދޭންވާނެތަ ހެޔޮނުވާނެ

  2. ރައިސް ނަސީދު ނުލާ އެއްޑީޕީ މިރާއްޖޭގެ ވެރި ކަމަކައް ނާނަނެ