Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބާރު ރައީސަށް ދެނީ

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބާރު ރައީސަށް ދެނީ

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ގާނޫނު އަސާސީއަށް ހުށަހަޅުއްވާ އިސްލާހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބަޔާންކުރާ މާއްދާއަށް ބައެއް އިތުރުކުރުން ހިމެނެ އެވެ. އެ ބިލު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބ ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި، އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމެވެ.

Advertisement
HDC — Sidebar (box)

ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރަށް ލިޔެފައިވަނީ <strong>(ކުރު ރާސްތާއަށާއި، މެދު ރާސްތައަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުން)</strong> އެވެ.

މި ބާރުތައް ރައީސް އަށް ދޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިމިވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި އާބަަން ޑިވޮލޮޕްމެންޓް ބިލުގައި ރަށްރަށުގެ ޕްލޭންތައް ސަރުކާރަށް ނިންމޭ ގޮތަށް އޮވެގެން ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް