Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕާޓީ ބަދަލުކުރުމަށް ގޮނޑި ގެއްލޭގޮތަށް އިސްލާހު ގެނައުމުން ޝަކީލުގެ ތައުރީފް ރައީސްއަށް

ޕާޓީ ބަދަލުކުރުމަށް ގޮނޑި ގެއްލޭގޮތަށް އިސްލާހު ގެނައުމުން ޝަކީލުގެ ތައުރީފް ރައީސްއަށް

ޕާޓީ ބަދަލުކުރުމަށް ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ  ގެނައުމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފް ކުރައްވައިފި އެވެ.

ޕާޓީ ބަދަލުކުރުމާއި ޕާޓީން ވަކިވުން ނުވަތަ ޕާޓީ ވަކިކުުރުމުން ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ގަނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރީ މިއަދު ހަވީރު އެވެ.

އެކަމާ ގުޅިގެން ޝަކީލް މިއަދު އެކްސްގައި ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އައި ހުރިހާ ވެރިންނާއި މަޖިލިސް މެންބަރުން ޕޯޑިއަމްތަކަށް އަރައި އެންޓި ޑިފެކްޝަން ގާނޫނޫގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެން ނަމަވެސް ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހްލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެމަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

"އަދި މި ދައުރުގެ ޕީއެންސީ މެންބަރުންތިބީ ރައްޔިތުންގެ ފަޅީގައިކަންވެސް ސާބިތުކޮށްދެއްވައިފި. ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް. ޝުކުރިއްޔާ ރައީސް" ޝަކީލް ވިދާޅުވި އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ވެސް ގޮނޑި ގެއްލޭގޮތަށް ބިލެއް ފާސްކުރި އެވެ. އަދި އެ ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުވެސް ކުރެއްވި އެވެ.

އެހެން ނަމަވެސް ތަސްދީގުކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ބާގަނޑުތަކެއް ހުރިކަމަށް ގާުނޫނީ ވަކީލުން ބުނެފައިވެ އެވެ. އަދި އެންޓި ޑިފެކްޝަންގައި ހިމެނޭ މާއްދާތައް ގާނޫނު އަސާސީއާ ތައާރަޒުވާކަމަށް ވެސް ބުނެފައިވެ އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިހާރު އޮންނަ މާއްދާތައް އުވާލަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ވެސް މިހާރު އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް