Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީހެއްގެ މޫނަށް ވެލި ޖެހި މީހަކު ޖޫރިމަނާކޮށްފި

މީހެއްގެ މޫނަށް ވެލި ޖެހި މީހަކު ޖޫރިމަނާކޮށްފި

މީހެއްގެ މޫނަށް ވެލި ޖެހި މައްސަލާގައި ކްރިމިނަލް ކޯޓުން 8000 ރުފިޔާއިން މީހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މާލެ ސިޓީ, ހ. ފެހިއާބާދު, އަލީ އަބްދުއްރަހްމާންގެ މައްޗަށެވެ.

ހުކުމުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ހެނދުނު 8 ޖަހާ ހާއިރު ހިނގި ހަމަނުޖެހުމެއްގައި ބިންމަތިން ވެލުނެގުމަށްފަހު މީހެއްގެ މޫނުމައްޗަށް ވެލި ޖަހާފައިވާތީ އަލީ އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައިވަނީ ގައިގާ އަތްލުމުގެ ދައުވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އެހެންނަމަވެސް އިއުތިފާވުވެއްޖެނަމަ އެ އަދަބު އެއް ދަރަޖަ ދަށްވެ އެވެ. އަދި އެ މައްސަލާގެ ބަންދުގައި ހޭދަކުރި 15 ދުވަސް އުނިކޮށް އޭނާއަށް އަންނާނެ ހުކުމަކީ 12 ދުވަހުގެ ޖަލު އަދަބެއްކަން ޝަރީއަތުން ބުނެފައިވެ އެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި އަލީ އަބްދުއްރަހްމާން އެދިފައިވަނީ ވީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދީފިނަމަ އެ ފައިސާ ދެއްކޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޖޫރިމަނާކުރުމުގެ އަދަބަަކަށް ބަދަލުކުރާއިރު ބަލަން ޖެހެނީ އެ މީހަކަށް ލިބޭ ހަގީގީ އާމްދަނީއަށެވެ. އެގޮތުން 20,000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް އަލީ އަބްދުއްރަހްމާނަށް މަހެއްގެ މައްޗަށް ލިބޭތީ 12 ދުވަހުގެ ޖަލު އަދަބުގެ ޖޫރިމަނާއަކީ 8000 ރުފިޔާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމްކޮށްފައިވަނީ އިއްޔެއިން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން އަމުރުކޮށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް