Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. އަތޮޅަށް ނިސްބަތްވާ އުމުުރުން 45 އަހަރުގެ ފިރިހެނެކެވެ.

އެ މީހާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ހުރި ބުލެޓްތަކެއް ރާއްޖެ އެތެރެކޮށްފައިވާއިރު އެތަކެތީގެ ބަރުދަން ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށާ އަމުރުގައި ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ދައުލަތުގެ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ފުރަތަމަ އޭނާގެ ބަންދަށް ދީފައިވަނީ 5 ދުވަހެވެ. އެހެންނަމަވެސް ވަކީލެއް ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށް އަމުރުން އެނގެ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވަނީ ފުރަތަމަ ދިން 5 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ހެއްކާ ގުޅިގެން އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ފުލުހެއްގެ ބަޔާނާއި ހުޅުމާލެ ހޮސްޕިޓަލްގެ ސީޓީ ސްކޭން ލިޔުންތަކާއި ރިޕޯޓާއި އިތުރު ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ އެ މީހާގެ އަކީ މި ބާވަތުގެ ހައްޔަރާއި ބަންދު ލޮގް އޮތް މީހެއް ކަމަށާއި ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކުރުމުގެ އިހުތިމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް