Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ސަރުކާރުން ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް އޮންނަ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފެށީ މިއަދު ހެނދުނު 10.00ގަ އެވެ. ވޯޓުލުން ނިމި ވޯޓް ފޮށިތައް ބަންދުކުރާނީ މެންދުރު ފަހު 14.00 ގަ އެވެ. އެ ޕާޓީން ބުނީ ދަރުބާރުގޭގައި ޖުމުލަ 56 ވޯޓް ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕީއެންސީން ބުނީ މާލެ އާއި އަތޮޅުތެރޭގެ، 88 ރަށެއްގައި ވޯޓުލުން ކުރިޔަށްގެންދާ އެ އިންތިހާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓް ފޮށްޓާއެކު ޖުމުލަ 144 ވޯޓް ފޮށި ބައްޓާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ޕީއެންސީގެ އެކި މަގާމުތަކަށް ​​​1984 މީހުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އިންތިހާބުގައި 648 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަނެއް 1300 މަގާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ، އެ 1300 މަގާމަށް، އިންތިހާބަކާ ނުލައި މީހުން ހޮވިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. މާލެ އާއި އަތޮޅުތެރޭގައި އިންތިހާބު އޮންނަ 88 ރަށުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ، 33500 މެމްބަރުން އެބަތިބި އެވެ.

https://twitter.com/pnc_secretariat/status/1859673206367584360

 

މާލޭގެ ދާއިރާތަކުގެ މަގާމުތަކަށް އިންތިހާބު ކުރާ ފަރާތްތަކުން ވޯޓުލުމަށް ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެއަށް ދިޔުމަށާއި އަތޮޅުތެރޭގެ ރަށްރަށުން އިންތިހާބަށް ކުރިމަތިލި ފަރާތްތަކުން ވޯޓް ދިނުމަށް އަމީނީ މަގުން ދަރުބާރުގެއަށް ވަނުމަށް، ޕީއެންސީ އޮފީހުން އެދެ އެވެ. އިންތިހާބުގައި ވޯޓްލެވޭނީ އަތޮޅުތެރޭގެ ރަށްރަށާއި މާލޭގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް