Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލެ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފި

ހުޅުމާލެ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފި

ވިޔަފާރި ނުހިނގަތީ, ހުޅުމާލޭގައި ހިންގަމުންދިޔަ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފި އެވެ.

އެ ދެ ތަން ބަންދުކޮށްފައިވަނީ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެތަންތަން ބޮއިކޮޓްކުރަން ގޮވާލާ ސިލްސިލާކޮށް މީގެ ކުރިން މުޒާހަރާތަކެއްވެސް ކޮށްފައި ވަނިކޮށެވެ. އެތަންތަން ބޮއިކޮޓްކުރަން ގޮވާލާފައިވަނީ އެތަންތަނުން އިޒުރޭލަށް ފަންޑުކުރާ ކަމަށް ބުނެ އެވެ.

ހުޅުމާލެ ރަށު މާރުކޭޓްތަކުގެ މަތީގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުޅުވި ކޭއެފްސީއާއި ޕިއްޒާ ހަޓް ބަންދުކޮށް އެތަނުގެ ދޮރުގައި އަޅުވާފައިވާ ބޯޑުގައި ޖަހާފައިވަނީ ވަގުތީ ގޮތުން ބަންދުކޮށްފައިވީ ނަމަވެސް ޑެލިވަރީ އޯޑަރުތައް ނަގަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އަމީނީ މަގު, ގާކޮށި ފްލެޓްގައި ހިންގަމުންދާ ކޭއެފްސީއާއި ޕިއްޒާ ހަޓްގެ އައުލެޓް ކައިރީ މުޒާހަރާކޮށްފައިވާއިރު މީގެ ކުރިން އެތަންތަނުގެ ބިއްލޫރިގަނޑަށް ކަޅުތެޔޮ ޖަހާއި ބިއްލޫރިގަނޑު ތަޅާލާ ގެއްލުން ދީފައިވެ އެވެ.

އެ ދެ އައުޓްލެޓުން މިހާރުވެސް ހިދުމަތް ދެމުން ގެއްދިޔަ ނަމަވެސް މީގެ ކުރިއާ އަޅާ ބަލާއިރު އެތަންތަނަށް ވަންނަ ކަސްޓަމަރުންގެ އަދަދުވެސް މަދުކަން ފާހަގަކުރެވެ އެވެ.

ހުޅުމާލޭގެ އެ ދެ އައުޓްލެޓް ބަންދުކޮށްފައިވާއިރު ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން މެލޭޝިޔާގައި ހިންގަމުންދިޔަ ކޭއެފްސީ އައުޓްލެޓް ބޮއިކޮޓްކުރަން ފެށުމާއެކު ވިޔަފާރިވެ ދަށްވެ އެ އައުޓްލެޓްވެސް މި އަހަރު މޭ މަހު ވަނީ ބަންދުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް